Last Updated: July 26, 17:04
Sunday, July 26, 2026
ޚަބަރު

ގަވާއިދާ އެެއްގޮތަށް ދުއްވި މީހުންނަށް ޕެޓްރޯލް ވައުޗާ

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ހިތްވަރު ދިނުމަށާއި އެކަމަށް ހޭލުންތެރިކުރުމަށް ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ގަވާއިދާ އެއްގޮތަށް ދުއްވި ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ޕެޓްރޯލް ވައުވާ ދީފި އެވެ.

ފުލުހުން ބުނީ މިލަންދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުން އެއްގަމު އުޅަނދު ހުއްޓުވައި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާތޯ ބަލާފައިވާ ކަމަށެވެ. އެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ވެހިކަލްތައް ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްގެން އުޅަނދު ދުއްވި ފަރާތްތަކަށް، އެކަން ފާހަގަކުރުމުގެ ގޮތުން ހަދިޔާއެއް ގޮތުގައި ދެ ލީޓަރުގެ ޕެޓްރޯލް ލިބޭ ގިފްޓް ވައުޗާ ހަދިޔާކޮށްފައިވެ އެވެ.އަދި ގަވާއިދާ ހިލާފަށް އުޅަނދު ދުއްވި ފަރާތްތަކަށް އެކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގެ ތެރޭގައި ދިން ހަދިޔާ އަކީ، ކުށް މަދުކުރުމަށާއި އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މިލަންދޫގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ރަށުގެ ވިޔަފާރިވެރިން ފޯރުކޮށް ދިން އެހީއެއް ކަމަށެވެ.

މިލަންދޫގައި މި ޓްރެފިކް އޮޕަރޭޝަން ކޮންމެ މަހަކު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.