Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ދަރިވަރެއްގެ ދަބަސް ވަގަށް ނެގި މީހަކު ހޯދަނީ

މާލޭގެ ސްކޫލެއްގެ ގުރޭޑު 9 ގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ދަބަސް ވަގަށް ނެގިކަމަށް ތުހުމަތު ކުރެރވޭ މީހާގެ ފޮޓޯއާ އެކީ އަބްދުލްހަމީދު ކިޔާ މީހަކު ފޭސްބުކް ޕޯސްޓެއްގައި ބުނީ ވަގަށް ނެގީ ދަރިފުޅުގެ ޓެސްޓު ޕޭޕަރުތަކާއި ފޮތްތައް ހުރި ސްކޫލް ދަބަސް ކަމަށެވެ.

އެހެންވެ އެ ދަބަސް ވަގަށް ނެގި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ނަމަ، ލަސްނުކޮށް 7776559 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

އެ ޕޯސްޓް ފުލުހުން ޓެގް ވެސްކޮށްފައިވެ އެވެ.