ލިންކް ރޯޑުން މިރޭ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ފޮރުޅާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ފޮރުޅާލާފައިވަނީ ކާރުގެ ހަން ފަޅައިގެން ގޮސް ކޮންޓްރޯލް ނުކުރެވި އެސަރަހައްދުގައި ހުރި ގަހެއްގައި ޖެހިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 8:30 ހާއިރު ހިތަދޫ ޕޯޓްސް ލިމިޓެޑް ސަރަހައްދުގައެވެ.

މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ އިރު ކާރަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރަކީ ފޭދޫ މީހެއްގެ ކާރެކެވެ، އަދި ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ވެއެވެ.
މި ހާދިސާ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހްޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.