Last Updated: July 26, 17:06
Sunday, July 26, 2026
ޚަބަރު

ކެޔޮޅުންގެ އެވޯޑަށް މުއްދަތު އިތުރުކޮށްފި

ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލާން ދިން މުއްދަތު މިހާރު މި މަހުގެ 21 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ކުރިން ދިން މުއްދަތު ހަމަވީ މިއަދު އެވެ.

އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައު ފާހަގަކުރަނީ ޑިސެމްބަރު 10 އެވެ.