Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ކުއްލި ގޮތަކަށް ނިޔާވި އަނބިމީހާގެ ހަނދާނުގައި މިސްކިތެއް

ކުއްލި ގޮތަކަށް ނިޔާވި އަނބިމީހާ އައިޝަތު ޝިފާގެ ހަނދާނުގައި، ކ. ހުރާ ސްކޫލްގައި އޭނާގެ ފިރިމީހާ މުހައްމަދު ޝާހިދު މިސްކިތެއް އިމާރާކޮށްދީފި އެވެ.

ހުރާ ސްކޫލުން ބުނީ ޝިފާގެ ހަނދާނުގައި، އޭނާގެ ފިރިމީހާ މުޙައްމަދު ޝާހިދު، އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން އަދި ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތައް ނަމާދުކުރުމަށް "މަސްޖިދުލް ޝިފާ"ގެ ނަމުގައި މިސްކިތެއް އިމާރާތްކޮށްދީފައިވާ ކަމަށެވެ.

އެކަމުގެ އަގުވަޒަންކޮށް، ސްކޫލުގެ މުވައްޒަފުންނާއި، ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ފަރާތުން ވަނީ ޝާހިދަށް ޝުކުރު އަދާކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން ޝިފާ ،25، ނިޔާވީ ސިކުނޑީގައި އުފެދުނު ޓިއުމަރެއްގެ ސަބަބުންނެވެ. ޝިފާ ނިޔާވިއިރު ދެ ކުދިން ދުނިޔޭގައި ތިއްބެވެ.