Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އަންނަ އަހަރު ޒަމާނީ ޕޭމަންޓް ސިސްޓަމްތައް ރާއްޖެ ގެންނަނީ

އަންނަ އަހަރު ޒަމާނީ ޕޭމަންޓް ސިސްޓަމްތައް ރާއްޖެ ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އަންނަ އަހަރަކީ ޕޭމަންޓު ގޭޓްވޭތަކާއި ރާއްޖެއަކީ ކުޑަ މާކެޓަކަށް ވުމުން ނުގެނެވިފައި ހުރި އެތައް ވަސީލަތްތަކެއް ގެނެވޭނެ އަހަރެއް ކަމަށެވެ.

"މިސާލަކަށް ޕޭޕާލް، ދެންވެސް ހުރި މަނިޓައިޒް ކުރަން ޖެހޭ އެތައް ބައިވަރު އީވޮލެޓްސްތަކެއް، ޕޭމަންޓު ސިސްޓަމްތަކެއް. ދިވެހިރާއްޖެއަށް އައިސް ނިމޭނެ. ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.

އެ ސިސްޓަމްތައް ގެނައުމަށް ގޮންޖެހުންތައް ހުރި ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ރައީސް. ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރަމުންދާ ކަމަށާއި ރާއްޖެއަކީ ކުޑަ މާކެޓެއް ނޫން ކަން ދުނިޔެއަށް ކިޔައިދެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެކަމަށް މިހާރުގެ ޕްރޮޕޯސަލް ހުށަހަޅާފައިވާ ސައީދު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.

ރާއްޖެ އަޑް "ޕޭޕަލް" ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.