Last Updated: June 28, 06:55
Sunday, June 28, 2026
ސިޔާސީ

ރޮޒޭ ޖަރުމަނަށް!

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ރަސްމީ ދަތުރުފުޅެއްގައި މިއަދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮޒޭ ޖަރުމަނަށް ދަތުރެއް ކުރައްވަނީ ޖާރުމަނު ސަރުކާރުގެ ދައުވަތަކަށެވެ. އަދި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ވަނ ދުވަހުއެވެ.

ރޮޒޭ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގަންނަވާއިރު ޕީޕީއެމްގެ މަޖިލީސް މެމްބަރުން ވަނީ ނައިބް ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ފަށާފައެވެ. އެޕާޓީން ބުނެފައިވަނީ އެމްޑީޕީގެ ތާއިދާއި އެކު ނައިބް ރައީސް މަގާމުން ދުރުކުރާނެ ކަމަށެވެ.