Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

ފޮރިން މިނިސްޓަރު ސައުދީ އަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ގައުމުގެ ސަރުކާރުގެ އިސްނެންގެވުމާއެކު ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓާއި އެ ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ އުއްމަތުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމާއި ގުޅިގެން އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އަރަބް-އިސްލާމިކް ސަމިޓް ފަށާނީ އަންނަ އަންނަ ހޯމަ ދުވަ ހުއެވެ.