Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

7 އާބަން ސެންޓަރު ކަނޑައަޅައިފި

މަހިބަދޫގެ މަންޒަރެއް.

އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ 7 ރަށް ކަނޑައަޅައިފި އެވެ.

އާބަން ސެންޓަރުތަކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެކަމަށް ކަނޑައެޅި 7 ރަށަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ ހދ. ކުޅުދުއްފުއްޓެވެ. އަދި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ އައްޑު އެވެ.