ރާއްޖެ އަށް ހޮންޑާ ސައިކަލް އެތެރެކޮށް ވިއްކާ ހޮންޑާ މޯލްޑިވްސް (ޝީޝާ) އިން 37 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބިގް37ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޝީޝާ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ސްކޫޕީ ކްލަބް12، ސްކޫޕީ ޕްރެސްޓީޖް، އެއާބްލޭޑް 125، އެއާބްލޭޑް 160، ވިނާ އެކްސް، ލީޑް 125، ވިޝަން 110، ރެބެލް 2022، އަދި ޕީސީއެކްސް 160 އިން ބޮޑެތި ޑިސްކައުންޓްތައް ލިބިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން މިފަހަރު އިންސްޓޯލްމެންޓްގެ ދަށުން ލީޑް 125، ޕީސީއެކްސް 160، ސްކޫޕީ ކްލަބް 12، ސްކޫޕީ ޕްރެސްޓީޖް އަދި ރެބެލް 2022 ނަގާ ފަރާތްތަކަށް ލޯވާޑް ފައިނޭންސް ޗާޖް ޕެކޭޖް ލިބިގެން ދާނެ ކަމަށްވެސް ޝީޝާ އިން ބުނެ އެވެ.
މި އޮފާގެ ދަށުން ޑައުންޕޭމެންޓް %10 ދެއްކުމުން %1.75 ފައިނޭންސް ޗާޖް، %20 ދެއްކުމުން %1.50 ފައިނޭންސް ޗާޖް އަދި %30 ދެއްކުމުން %1.25 ފައިނޭންސް ޗާޖަށް ކުޑަކޮށްލެވޭނެ އެވެ.
"ވަރަށް ގިނަ މީހުންނަށް ކަމުދާ ރެބެލް 300 2022އަށް ހާއްސަކޮށް މިފަހަރު 36،800ރ. ގެ ޑިސްކައުންޓެއް ލިބިގެން ދާނެ. މިއީ މިހާތަނަށް ރެބެލް 300 އަށް ހާއްސަކޮށް ދޭ އެންމެ ބޮޑު ޑިސްކައުންޓް އޮފާ،". ޝީޝާ އިން ބުނެ އެވެ.
މީގެއިތުރުން މި ޕްރޮމޯޝަންގެ ދަށުން ނަގާ ކޮންމެ ސައިކަލަކާއެކު ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ. މި ލަކީޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން ދެ މީހުންގެ އުމްރާ ދަތުރެއްގެ އިތުރުން، ޕޮކެޓް މަނީ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި ހޮންޑާ ސައިިކަލު ޕީރިއޮޑިކް މެއިންޓެނެންސް ކުރާ ފަރާތްތަކަށް ކޮންމެ މަހަކު އައިފޯން 16 ޕްރޯއެއް ލިބުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.
ހޮންޑާގެ ސާވިސް ސެންޓަރުތައް މާލެ، ހުޅުމާލެ، ކުޅުދުއްފުއްޓާއި، އައްޑޫ އަަދި ފުވައްމުލަކުގައި ހުރެ އެވެ. ޝީޝާގެ ހުރިހާ އައުޓްލެޓެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.