Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ސީ-ޓު-އެއާ ކާގޯ ހިދުމަތާ ބީއޭ ވެސް ގުޅިއްޖެ

ރާއްޖޭގައި ކުރިއަށް ގެންދާ ސީ-ޓު-އެއާ ކާގޯ ޚިދުމަތާ ބްރިޓިޝް އެއާވޭސް (ބީއޭ) އިން ވެސް ގުޅިއްޖެ އެވެ.

މި ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

ބްރިޓިޝް އެއާލައިނަކީ މި ހިދުމަތާ ގުޅުނު 11 ވަނަ އެއާލައިނެވެ. މިދިޔަ މަހުގެ ތެރޭގައި މި ހިދުމަތާ އެމިރޭޓްސް އިން ވެސް ވަނީ ގުޅިފަ އެވެ.

މި ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބައިނަލްއަގުވާމީ އެއާލައއިންތަކާ ގުޅިގެން ފުޅާ ކުރަމުން އަންނަ ހިދުމަތެކެވެ. ހިދުމަތް ފެށި މި އަހަރުގެ މާޗު މަހު އެވެ.

ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ހިދުމަތް މެދުވެރިކޮށް 13 ގައުމަކަށް މުދާ އަންނަނީ ފޮނުވަމުންނެވެ.