Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަނީ

ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަން އެގައުމުގެ އެމްބަސީން ހުއްދަ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ދިވެހި ސަރުކާރުން ހުށަހެޅުމުން އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް މުހިއްމު ވީމާ އެކަން ކުރަން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަށް ވިޔަފާރީގެ ދާއިރާ އިން މުހިއްމު އެހެން ގައުމުތަކުގައި ވެސް އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރުތެރޭގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ވަނީ ހުޅުވާފަ އެވެ. ތުރުކީ މިހާރު ދިވެހިން ވަރަށް އާންމުކޮށް ޗުއްޓީ އަށް ވެސް ދަތުރުކުރާ ގައުމެކެވެ.