Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

"ބަނޑުހައިވެގެން" މީހަކަށް ބިރު ދައްކައިފި

"ބަނޑުހައިވެގެން" ކަމަށް ބުނެ ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖެހި އެ މީހާ އަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެކެވެ. އޭނަގެ އަމުރުގައި ބުނެފައި ވަނީ ބަންދަށް މުއްދަތު ޖެހީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ. ކަ

އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ބުނެފައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ތުހުމަތަށް އެ މީހާ އިންކާރު ކުރާ ކަމަށެވެ. އަދި ކޯޓްގައި އޭނަ ބުނެފައި ވަނީ އެކަން ކުރެވުނީ "ބަނޑުހައިވެފައި" ހުރުމުން ކަމަށެވެ.

އެ މީހާ އަކީ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެކެވެ.