Last Updated: July 21, 06:01
Monday, July 21, 2025
ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމު ބަންގާޅަށް ފުރައިފި

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަކަށް ގައުމީ ފުޓްބޯޅަ ޓީމު އެ ގައުމަށް ފުރައިފި އެވެ.

އިއްޔެ ފުރި ސްކޮޑްގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ވެސް ހިމެނޭ އެ ޓީމްގެ ސްކޮޑްގައި 20 އަހަރުން ދަށުގެ ޓީމުގެ ތިން ކުޅުންތެރިންނާއި މާޒިއާގެ 14 ކުޅުންތެރިޔަކު ވެސް ހިމެނެ އެވެ.

ބަންގްލަދޭޝްގައި ކުޅޭ ދެ މެޗު އޮޮންނާނީ ބަޝުންދަރާ ކިންގްސް އެރީނާގައި މި މަހުގެ 13-16 ގައެވެ.

މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ގައުމީ ޓީމުން ރާއްޖެ އިން ބޭރުގައި މެޗްތަކެއް ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ރާއްޖެ ގައުމީ ޓީމު މެޗެއް ކުޅެފައިވަނީ ވެސް ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވޯލްޑް ކަޕް ކޮލިފައިންގަ ވެ.

އޭރު މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން އެ ގައުމުން ވަނީ 2-1 އިން މޮޅުވި އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެގެން ރާއްޖެ އެންމެ ފަހުން މޮޅުވީ 2022 ގައި މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.