Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އޭދަފުށީގައ ގެސްޓްހައުސް ހިންގާނެ ބަޔަކު ހޯދަނީ

ބ. އޭދަފުށީގައި ގެސްޓްހައުސްތަކެއް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ 10،000 އަކަފޫޓްގެ ދެ ބިމެއްގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 50 އަހަރަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަޑް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ބީލަން ފޮތް މި މަހުގެ 14 އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް ކައުންސިލް އިދާރާ އިން ވިއްކާނެ އެވެ. ބީލަން ފޮތުގެ އަގަކީ 10،000ރ. އެވެ.

ކައުންސިލުން ބުނީ އޭދަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ކުރިމަތިލެވޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަޝިޕްތަކަށް ނުވަތަ ކުންފުނިތަކަށް ކަމަށެވެ.