Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ރަސްމީ ރިޒާވް 615 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް 615 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމުނުއިރު މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ރިޒާވް ހުރީ 371.2 މިލިއަން ޑޮލަރުގަ އެވެ. އަދި މިދިޔަ މަސް ނިމުނުއިރު ރިޒާވް 615 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި ބަދަލު އައިސްފައިވާ ސަބަބަކީ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް އަމަލުކުރަން ފެށުމެވެ.

މި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި ނިންމުމުގެ މަގުސަދަކީ މި އިންވެސްޓްމަންޓުން ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާވާނެ ގޮތަށް މިކަންކުރުން ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.