އެމްއެމްއޭ އިން އާންމުންނަށް ދޭ ބޭންކިން ހިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެމްއޭ އިން ބުނީ މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް މިއަދުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށާއި ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
• ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް.
• ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
• އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތް ދިނުމަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.