Last Updated: June 10, 17:44
Wednesday, June 10, 2026
ޚަބަރު

'ޝޭޑްސް އޮފް މައިންޑް' ހުޅުވައިފި

މި އަހަރުގެ މެންޓަލް ހެލްތު ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މަޢުރަޒު އިއްޔެ ފަށައިފި އެވެ.

އެ މައުރަޒު އިއްޔެ ފައްޓަވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދި ލަތީފެވެ. އެ ހަފުލާގައި މަޢުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ހިމެނޭ ކެޓަލޮގެއް ނައިބަށް އަރުވާފައިވެ އެވެ.

މި މަޢުރަޒަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފުސާނީ ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މަޢުރަޒެކެވެ.

މި މަހުގެ 17 އާ ހަމައަށް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ދައްކާލާ ކުރެހުންތަކަކީ، ޢާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުން ހުށަހެޅި ކުރެހުންތަކެވެ.