Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ރައީސް އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގެ ހައްގުގައި އ.ދ އިން ކުރަމުންދާ މަސައްކަތް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އ.ދ ގެ ސެކެޓްރީ ޖެނެރަލް ވަނީ ސިޑްސްގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، މިކަމުގައި ބައިނަލްއަގުވާމީ އެހީދޭ އިދާރާތަކުގެ ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

ކޮޕް29ގެ މިއަހަރުގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ.

މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްޤީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމެއްގެ ޙައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.