Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އެސްއެލްބީސީއެމް އިފުތިތާހުކޮށްފި

ސްރީ ލަންކާ ބިޒްނަސް ކައުންސިލް އޮފް މޯލްޑިވްސް (އެސްއެލްބީސީއެމް) އިފުތިތާހުކޮށްފި އެވެ.

އިއްޔެ މާލޭގެ ހޮޓެލް ޖެންގައި އެ އިފުތިތާހުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދޔު ސައީދެވެ.

އެސްއެެލްބީސީއެމްގެ މަގުސަދަކީ ވިޔަފާރި އާއި އިގުތިސާދީ ގުޅުންތައް ދެ ގައުމުގެ ދެމެދުގައި ބަދަހިކޮށް، ވިޔަފާރިއަށް މަގުފަހިކޮށްދީ، ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެދޭ މާހައުލެއް ގާއިމުކުރުމެވެ.

އެ ކައުންސިލް މިނިސްޓަރު އިފުތިތާހުކޮށް ދެއްވުމަކީ ރާއްޖެ އާއި ލަންކާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިމަގުގައި އިގުތިޞާދީ ގުޅުން އިތުރަށް ފުޅާކޮށް ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.