Last Updated: June 10, 17:44
Wednesday, June 10, 2026
ޚަބަރު

ދައްފަޅުގައި ޓޫރިސްޓް ހޮޓަލެއް ތަރަައްގީ ކުރަނީ

ށ. ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާ އެކު އީކޯ ޕާކެއް ތަރައްގީ ކުރަން ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިހާރު ވަނީ ދައްފަޅުގައި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަޑްޓަކައި ހަދަން ސާވޭގެ މަސަައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ވެސް އިޢުލާންކޮށްފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ. އޭގެ ކުރިން މި މަހުގެ 19 ގެ މެންދުރު ފަހު 1:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް މެއިލް ކުރަން ޖެހެ އެވެ. މެއިލް ކުރާނީ މި [email protected] މެއިލަށެވެ.

ދައްފަޅަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ގުދުރަތީ ގޮތުން މުއްސަނދި ފަޅެކެވެ.

ފުނަދޫ ކައުންސިލުން ބުނީ ދައްޕަޅު ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިގުތިސާދީ ނަފާ ހޯދުމުގައި ގުދުރަތީ މުއްސަނދިކަން ރައްކާތެރި ކުރެވި، ހިމާޔަތްކުރެވި ދެމެހެއްޓެނިވި ގޮތުގައި އެ ސަރަޙައްދު ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

އެގޮތުން މި މަޝްރޫއު ބަޔައި ހަވާލުކުރަނީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.