Last Updated: June 10, 17:44
Wednesday, June 10, 2026
ޚަބަރު

ލޯބިވެރިޔާ ބްލެކްމެއިލްކޮށްގެން ޒުވާނަކު ހައްޔަރަށް

ލޯބިވެރިޔާ އަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާ ގައި ހައްޔަރުކުރީ އއ. މަތިވެރި ޕޮލިސްޓޭޝަން ގައި މަސައްކަތްކުރާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު، 19، ކަމަށެވެ. އޭނަ އަކީ ރޭކްރޫޓް ޕޮލިހެކެވެ.

ޒައިދާނަށް ތުހުމަތު ކުރެވެނީ ލޯބިވެރިޔާ އަށް ބިރު ދައްކައި، އޭނަގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑީއާގައި ލީކްކޮށްލާނެ ކަމަށް ކަމަށް ބުނެ ބިރުދައްކައި އިންޒާރުދީ ބްލެކްމެއިލް ކުރުމުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ޖަހާފައިވެ އެވެ.