Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ޑިޕްލޮމާ ހާސިލު ނުކުރެވުމުން 8 މީހަކު މަރާލައިފި!

ޗައިނާގެ ވޮކޭޝަނަލް ކޮލެޖެއްގައި ކިޔެވި ދަރިވަރަކަށް އެތަނުން ޑިޕްލޮމާ ސެޓްފިކެޓް ނުލިބުމުން ރުޅި ގަދަވެގެން ބަދަލު ހިފުމެއްގެ ގޮތުން ހޮނިހިރު ދުވަހު ދިން ހަމަލާތަކެއްގައި 8 މީހަކު މަރާލައި، އިތުރު 17 މީހަކު ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ވޫޒީ ސިިޓީގައި ހިންގަމުން އަންނަ ވޫޒީ ޔިޒިން އާޓްސް އެންޑް ކްރާފްޓްސް ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖްގައި ތޫނު އެއްޗަކުން ހަމަލާދީ "ގަތުލުއާންމު" ހިންގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެތަނުން މި އަހަރު ގްރެޖްއޭޓްވި 21 އަހަރުގެ ދަރިވަރެކެވެ.

މި ހާދިސާއާ ގުޅިގެން ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނީ އެ ޒުވާނާ އަށް ޑިޕްލޮމާ ހާސިލު ނުކުރެވުނީ ނަތީޖާ ދަށްވެގެން ކަމަށެވެ. އެހެންވެ އޭނަ "ގަތުލުއާންމު" ހިންގީ އެކަމާ ހިތްހަމަނުޖެހިގެންނާއި އިންޓާންޝިޕް އެލެވަންސާ މެދު ވެސް ހިތްހަމަނުޖެހިގެން ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޒުވާނާ ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ހަމަލާގެ ދިން ކަމަށް އަމިއްލަ އަށް މިހާރު ވަނީ އިއުތިރާފު ވެސް ވެފަ އެވެ.