Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ޑްރަގާ އެކު ބެންކޮކުން ދިވެއްސަކު ހައްޔަރަށް

މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ތައިލޭންޑްގެ ވެރިރަށް ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލާގައ، އިނގިރޭސިވިލާތުން ފޮނުވި ޕްރޮޓީން ސަޕްލިމެންޓް ކޮންޓެއިނަރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ތިން ކިލޯގެ މެފެޑްރޯން އަތުލައިގެންފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލައިގައި އަތުލައިގަތް މީހާ އަކީ ބެންކޮކްގެ ކޫރިއާ ފެސިލިޓީއަކުން އެ ޕެކޭޖު ނަގަން ދިޔަ މީހާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެކަމަކު އޭނައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު ބެންކޮކުން ހައްޔަރުކުރި މީގެ ކުރިން ވެސް ބައެއް ގައުމުތަކުން މިފަދަ މައްސަލަތަކުގައި ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.