Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނައިބު ރައީސް ހައްޔަރުކުރުމަށް ސަރުކާރުން މަސައްކަތްކުރި!

ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ހައްޔަރުކުުރުމަށް ސްރީލަންކާއަށް ފުލުހުންނާއި އެސްޕީޖީގެ ޚާއްސަ ޓީމެއް ފޮނުވާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ފުލުހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ޑރ.ޖަމީލު ހައްޔަރުކުރުމަށް މަސައްކަތްކޮށްފައިވަނީ ސްރީލަންކާގެ އެއާޕޯޓުން ކަމަށެވެ. ނައިބް ރައީސް ސްރީލަންކާ އެއާޕޯޓަށް ވަޑައިގަތީ އެނބުރި ރާއްޖެއަށް ފުރާވަޑައިގަންނަވާ ގޮތަށެވެ. އެހެން ނަމަވެސް ކުއްލިގޮތެއްގައި އެބޭފުޅާ ވަނީ ލަންޑަނަށް ފުރާވަޑައިގެންފައެވެ.

ސަރުކާރުން ނައިބު ރައީސް ހައްޔަރުކުރުމަށް މަސައްކަތްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓަރ އަޙްމަދް އަދީބު ވަނީ ނައިބު ރައީސް 'ބަޣާވާތެއް' ގެންނަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައިކަން ފާހަގަކުރެވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ވަނީ ނައިބު ރައީސްގެ ފޯނު ކޯލުތައް އަޑު އަހަމުމަށް ކޯޓު އަމުރެއް ހޯދާފައެވެ.