Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ސަރުކާރަށް އަހަރެއް ފުރުން ފާހަގަ ކުރަން މިރޭ ޖަލްސާއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އޮންނާނީ މިރޭ 7:45 ގައި ސޯޝަލް ސެންޓަރުގަ އެވެ. އެ ޖަލްސާއަށް ސަރުކާރު މުވައްޒަފުންގެ އިތުރުން މަޖިލިސް މެންބަރުންނަށް ވެސް ވަނީ ދައުވަތު ދީފައިވެ އެވެ.

ސަރުކާރަށް މިއަދު އެއް އަހަރުވީ އިރު، ސަރުކާރުން ބުނަމުން އަންނަނީ މިއީ ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން އަހަރެއްގެ ތެރޭގައި ރައީސް ގިނަ ކަންތައްތަކެއް ކޮށް ދެއްވާފައިވާ ކަމަށް ބުނެ މިނިސްޓްރީތަކުން ވެސް އަންނަނީ އެކަން މިއަދު ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ.