Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ޑްރަގްސް އެތެރެކުރި މީހަކު ހައްޔަރުކޮށް ބަންދަށް

ހަށިގަނޑގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އައި މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގައި ހައްޔަރުކުރީ ޅ. ކުރެންދޫ، ހިރުނދުމާގެ، މުހައްމަދު އިބްރާހިމް، 45، އެވެ.

ފުލުހުން ބުނީ އޭނަގެ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އެވެ.

ބަންދު އަމުރުގައިވާ ގޮތުން މުހައްމަދުގެ ހަށިގަނޑގައި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ބްލެޓުތަކެއް ފޮރުވާފައިވެ އެވެ. އަދި އެތަކެތި ޓްރެފިކް މިންގަނޑަށް އަރާ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އޭނަ އަކީ ކުރިން ވެސް މިބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ފާހަގަކޮށްފައިވެ އެވެ.