Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

މެންބަރު އައިބީ އިތުރު ކައިވެންޏެއްކޮށްފި

ރައްޔިތުންގެ މަޖިލީހުުގެ އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އިތުރު ކައިވެންޏެއް ބައްލަވައިގެންފި އެވެ.

އޭނަ ކައިވެނި ބައްލަަވައިގަތީ ފުވައްމުލަކު ކަނބަލަކާ އެވެ. އެނގިފައިވާ ގޮތުގައި މިއީ އޭނަގެ ވެސް ދެވަނަ ކައިވެންޏެވެ.

އައިބީ އަކީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ އެވެ. އައިބީގެ ފުރަތަމަ ކައިވެންޏަށް ލިބިވަޑައިގެންފައި ވަނީ ހަތަރު ބޭފުޅުންނެވެ.

މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ އައިބީ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ.