Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ހއ. ފިއްލަދޫ، ލޫވާ، އިމްރާން މުހައްމަދު، 32، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހޭންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައެއްގައި ކަމަށެވެ.

އެހެންވެ ޢިމްރާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9400054 އަށް ގުޅުއައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.