Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ބަރުބަރީ މިސްކިތް ބިނާކުރަން ހަވާލުކޮށްފި

މާލޭގެ މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ އާ މިސްކިތް އަލުން ބިނާކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަސައްކަތް ހަވާކުލުރީ ހެޔޮދޭ އެފަރާތަކާ ކަމަށެވެ. އަދޮި ބަރުބަރީ މިސްކިތް އަލުން ބިނާކުރަނީ ތިން ބުރިއަށް ޒަމާނީ ފެންވަރަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެކަން ހާމަކުރައްވައި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝަހީމު ވަނީ އާ މިސްކިތުގެ ޑިޒައިން ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

މިއީ 1،400 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.