ގައުމީ ޔުނިވަސިޓީން އިންތިޒާމުކޮށްގެން ބާއްވާ "ރެދަން އާޓް އެކްޒިބިޝަން" މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި އެގްޒިބިޝަން ރަސްމީކޮށް ފަށާނީ ހަވީރު 3:45 ގައި ނެޝަނަލް އާރޓް ގެލެރީގަ އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކައިލުމަށް ބާއްވާ "ރެދަން" މައުޒަޒު އެގްޒިބިޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 އާ ހަމައަށެވެ.
އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 ފެށިގެން ރޭގަނޑު 10:00 އަށް މައުޒަރު އާންމުންނަށް ހުޅުވިފައި ހުންނާނެ އެވެ.