Last Updated: July 27, 09:51
Monday, July 27, 2026
ޚަބަރު

ލުބްނާނާއެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ލުބްނާނުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލުބްނާނުގެ މިނިވަން ދުވަހާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ ލުބްނާނުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި އެ ޤައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.

މީގެއިތުރުން ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.