Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

ރައީސްއަށް އާ ލޯންޗްކޮޅެއް ގެނެސްފި! ނައިބް ރައީސްގެ ލޯންޗްކޮޅު އައުމުގެ މަގުމަތީގައި!

ރައީސުލް ޖުމްހުރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ބޭނުން ކުރެއްވުމަށް އާ ލޯންޗްކޮޅެއް ރާއްޖެ ގެނެސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗްކޮޅަކީ ދުބާއީގައި ހުންނަ ގަލްފުކްރާފްޓް މައި ކުންފުނިން ތައްޔާރުކޮށް ރާއްޖެ ގެނެސްފައިވާ ޝާހީ ލޯންޗްކޮޅެކެވެ.

ރައީސްގެ ރަސްމީ ލޯންޗްކޮޅަށް ކިޔާ "އަރުމާޒު"ގެ ނަންޖަހާފައިވާ މި ލޯންޗްކޮޅު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު ޗާޓަރުކޮށްގެން ގެނައި ބޯޓެއްގައެވެ.
medium_59994

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗްކޮޅު ގެނައުމުގެ މަގުމަތީގައި އޭގެ ފަހަތުކޮޅުން ބަޔަކަށް ގެއްލުން ވެފައިވާތީ ލޯންޗާއި ހަވާލުވުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ރައީސްގެ ރަސްމީ ބޭނުންތަކަށް ލޯންޗްކޮޅެއް ގެނައި އިރު ރާއްޖޭގެ ނައިބް ރައީސް ބޭނުން ކުރެއްވުމަށް އިތުރު ފުރިހަމަ ލޯންޗްކޮޅެއް އަންނަ އޮގަސްޓް މަހު ރާއްޖެ ގެނައުމަށް ހަމަޖެހިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
11713406_10152836763911150_2111971274_n

"އައްޑޫލައިވް"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ އެ ލޯންޗްކޮޅުވެސް ބަދެ ނިމިފައިވާ ކަމަށެވެ. އަދި އެލޯންޗްކޮޅު ރައީސްގެ ލޯންޗްކޮޅަށްވުރެ ފުރިހަމަކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އާއި ނައިބް ރައީސްއަށް ލޯންޗްކޮޅު ގަނެފައިވާ އިރު މީގެ ކުރިންވެސް ރައީސް ޔާމީންގެ ބޭނުމަށް ލޯންޗްކޮޅެއް ވަނީ ގަނެފައެވެ.