Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ފުވައްމުލަކުގެ އިލްމުވެރިންނާ ޝަހީމް ބައްދަލުކޮށްފި

ފުވައްމުލަކުގެ ދީނީ ޢިލްމުވެރިންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ޢިލްމުވެރިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އައްސަވައި ޢިލްމުވެރިންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ޙިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޢިލްމުވެރިން ވަނީ އެ ބޭފުޅުންނަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވެސް ޙިއްސާ ކުރައްވައިފަ އެވެ.

ފުވައްމުލަކު ދަތުރުގައި މިނިސްޓަރު ވަނީ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުގެ އިތުރުރަށް ޙިފްޡު ކޮމިޓީ އާއި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި ފުވައްމުލަކުގެ ޙާފިޡުންނާއި އިމާމުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ޝަހީމް ފުވައްމުލަކަށް ވަޑައިގެންނެވީ ވަޒީރު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދައުވަތަކަށް އެ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރޭ ވަނީ އެ ރަސްމިއްޔާތު ބާއްވައިފަ އެވެ.