ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓްލުން މިއަދު ފެށި އިރު، ވޯޓުލުމުގެ ހައްގު 33،500 މެމްބަރުންނަށް ލިބިފައިވާ ކަމަށް އެ ޕާޓޠީން ބުނެފި އެވެ
ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ފެށީ ހެނދުނު 10.00 ގައި ގަ އެވެ. ވޯޓުލުން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އާ ހަމައަށެވެ.
މިއަދު ވޯޓުލުން މާލެ އާއި އަތޮޅުތެރޭގެ 88 ރަށުގައި ކުރިއަށްދާ އިރު، ކަމަށާއި ޖުމުލަ 144 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.
މީގެ ތެރެއިން 56 ވޯޓްފޮށި ބަހައްޓާފައި ވަނީ މާލޭގަ އެވެ.
އެތެރޭގެ އިންތިހާބުގެ ވޯޓްލުން ޕީއެންސީން މިއަދު ފެށި އިރު، ވޯޓަކާ ނުލައި 1،300 ކެންޑިޑޭޓުން ހޮވިފައިވެ އެވެ. އެހެންވެ މިހާރު 1،984 މަގާމަށް މީހުން އިންތިޚާބުކުރާ މި އިންތިޚާބުގައި މިހާރު ވާދަކުރަނީ 648 ކެންޑިޑޭޓުންނެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުން ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސްގެ އިތުރުން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނެ އެވެ.