ރޭ އިރާކޮޅު ހުޅުމާލޭގައި ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދޭން އުޅުނު މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ރޭ އިރުއޮއްސި 6:30 ހާއިރު ހިނގި ހާދިސާއާ ގުޅިގެން ހައްޔަރުކުރީ އދ. ދަނގެތި، ލިލީގޭ ހުސެއިން ފާއިގް، 33، އެވެ. ކަމަށެވެ.
އެނގިފައިވާގޮތުގައި އޜނަ އެންމެ ފުރަތަމަ މަސައްކަތްކުރީ ހުޅުމާލޭ މިސްކިތެއްގެ މުދިމަކަށް ޙަމަލާ ދިނުމަށެވެ. އަދި ފުލުހަކަށް ފާއިގް ހަމަލާ ދޭން އުޅުނީ އެކަން ހުއްޓުވަން ފުލުހަކު މަސައްކަތް ކުރުމުން ފުލުހުން ރޭ ވަނީ ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ބައެއް ފަރާތްތަކުން ބުނެފައި ވަނީ ފާއިގަކީ ނަފުސާނީ ބަލީގެ މީހެއް ކަމަށެވެ.