Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

'އެކްސަސައިޒް އެކަތަ 7' ނިންމާލައިފި

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

މިދިޔަ މަހުގެ އިން މިއަދުގެ ނިޔަލަށް ހިންގި އެކްސަސައިޒްގައި އިންޑިއަން ނޭވީ، މެރިން ކޮމާންޑޯއާއި އެމްއެންޑީއެފް މެރިން ކޯ، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް ބައިވެރިވި އެވެ.

މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކޮށް ފައި ވަނީ ޓެކްޓިކަލް ޑައިވިން، ފަޔަރިން، ސްލިދަރިން އަދި ބޯޑިން ހުނަރުތަކެވެ.

"އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ސިލްސިލާ، ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވަރްއާއި، އެމްއެންޑީއެފް ނޮަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.