އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ދިވެހި ކޭމްޕެއް ބާއްވައިފި އެވެ.
އެ ސްކޫލުން ބުނީ މިއީ 10 ގެ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި، 23.11.2024 ގައި ކުރިއަށް ގެންދެވުނު ސެޝަނެއް ކަމަށެވެ. އަދި މިއީ އެ ސްކޫލުން ބޭއްވި ފުރަތަމަ "ދިވެހި ކޭމްޕް" އެވެ.
މީގެ އަމާޒަކީ ދަރިވަރުންގެ ކިޔުމާއި ބެލުމުގެ ހުނަރު ކުރިއެރުވުމާއި ބަސްކޮށާރު ކުރިއެރުވުމެވެ. އެގޮތުން ދަރިވަރުން ގަޔާވާ ފަދަ ހަރަކާތްތަކުގެ ތެރެއިން ހުނަރުތައް ކުރިއަރުވައި، ދަރިވަރުންނަށް ލިބުނު މަޢުލޫމާތާއި ދަސްވި އާ ލަފުޒުތައް، އެ ކުދިންގެ އުފެއްދުންތެރިކަން ބޭނުންކޮށްގެން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށް ދީފައިވެ އެވެ.

މިއީ ދަރިވަރުންނަށް ވަރަށް ގިނަ މަޢުލޫމާތު އެނގި، އާ ލަފުޒުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެން ދިޔަ ކޭމްޕެއް ކަމަށް ޝަރަފުއްދީނުން ބުންޏެވެ.
އެ ކުރިއަށް ގެންދިޔައީ ގެންދިޔައީ ސްކޫލުގެ ދިވެހި މުދައްރިސުން ކަމަށްވާ ނަޞްރަތު ފަހުމީ އާއި ޢާއިޝަތު ޙަބީބުގެ އިތުރުން ޢާއިޝަތު ފަރީދާ އެވެ.