Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ރަވީ 'ހިންތާ' ގެނެސްދެނީ

"ހިންތާ" ގެ ނަމުގައި މުޅިން އާ އޮރޮޖިނަލް ސީރީޒެއް މީޑިއާނެޓަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމް، އެސްއެމްވީޑިއޯ ކުލަބުން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒްގެ ޓައިޓްލް ލޯގޯ ވެސް މިއަދު ވަނީ ދައްކާލައިފި އެވެ. "ހިންތާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ.

ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައިކަމާއި ސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ މިދިޔަ އަހަރުގެ ފިލްމު "ބީވީމާ" ލިޔެ، ޑައިރެކްޓްކުރި ޒަރީރުގެ ސްކްރީންޕްލޭއަކަށް މިދިޔަ އަހަރު ވެސް މީޑިއާނެޓުން މަގުބޫލު ސީރީޒް ގެނެސްދީފައިވެ އެވެ. އެއީ އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅުނު "ގަރީނާ" އެވެ.

ރަވީ ޑައިރެކްޓްކޮށް "ހިންތާ" ގެނެސްދޭ އިރު އޭނަ އަކީ 2016 ގެ މަގުބޫލު ފިލްމު "ވިޝްކާ" ގެ ވެސް ޑައިރެކްޓަރެވެ.