Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ސަނާ އަށް 2 ވަނަ ކުއްޖަކު ލިބެނީ

ފިލްމީ ދާއިރާ ދޫކޮށްލަައި ދިރިއުޅުމަށް އިސްލާހީ ބޮޑު ބަދަލެއް ގެނައި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާން ދެވަނަ ދަރިއަކަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިކަން ހިއްސާކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މަރުހަބާ ވެސް ކިޔަމުންނެވެ. ދެހާސް ވިހީގައި މުފްތީއެއް ކަމަށްވާ އަނަސް ސައްޔިތާ ކައިވެނިކުރި ސަނާ އަށް އަލަތު ދަރުފުޅު ލިބުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ ކުއްޖާގެ ނަމަކީ ސައްޔިދު ތާރިގު ޖަމީލެވެ.

ރާއްޖެ އަށް ވެސް އެކި ފަހަރު މަތިން ޒިޔާރަތްކޮށްފައިވާ ސަނާ ދެ ފަހަރެއްގެ މަތިން ހައްޖުގެ އަޅުކަން އަދާކޮށް މިހާތަނަށް އެތައް ފަހަރެއްގެ މަތިން އުމްރާގެ އަޅުކަން ވެސް އަދާކޮށްފައިވެ އެވެ.

ފިލްމު ކުޅުން ހުއްޓާލައި ބުރުގާ ވެސް އެޅުމަށް ފަހު ސަނާ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ ހާއްސަ ފެނިލުމެއް ކުޅުނު އަކްޝޭ ކުމާރުގެ 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އެވެ. ސަނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހައްލާ ބޯލް (2008)، ޖޭ ހޯ (2014) އަދި ވަޖާ ތުމް ހޯ (2016) ހިމެނެ އެވެ.

ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ.