ސޮނީ ޓީވީގެ "ސީއައިޑީ" ގެ ދެވަނަ ސީޒަން އަންނަ މަހުގެ 21 ގައި ޕްރީމިއާ ކުރަން ނިންމައިފި އެވެ.
މި ޝޯ އަލުން ޓީވީ އަށް އެނބުރި އަންނަކަން މިދިޔަ މަހުގެ ތެރޭގައި އިއުލާން ކުރުމާ އެކީ ވަރަށް ގިނަ ބަޔަކު ތިބީ ދެވަނަ ސީޒަން ފަށާނެ އިރެއް އިއުލާން ކުރާނެ އިންތިޒާރުގަ އެވެ. އެގޮތުން "ސީއައިޑީ" ގެ އާ ޕްރޮމޯއަކާ އެކީ ސޮނީ ޓީވީން ބުނީ ދެވަނަ ސީޒަން ޕްރީމިއާ ކުރާނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އެއީ ރާއްޖެ ގަޑިން 9:30 ގަ އެވެ.
"ސީއައިޑީ" އަކީ އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގެނެސްދިން ޝޯއެކެވެ. އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭން މި ނިންމީ 2018 ގައި ޝޯ ހުއްޓާލާފައި އޮތުމަށް ފަހު އެވެ. ޖެނުއަރީ 21، 1998 އިން އޮކްޓޯބަރު 27، 2018 އެ ޝޯ ގެނެސްދިން އިރު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 1،547 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
"ސީއައިޑީ" ގެ މައިގަނޑު ތިން ތަރިންނަކީ ތަފާތު ބޮޑެތި މައްސަލަތައް ތަހުގީގުކުރާ ދަޔަނަންދު ޝެޓީ އާއި އަދިތިޔާ ސްރިވަސްތާވްފެ އިތުރުން ދުވަސްވީ އެކްޓަރު ޝިވާޖީ ސަތަމް އެވެ.