Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

މޮނިއުމަންޓް މުބާރާތުން 1 ވަނަ ހޮވައިފި

ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިން ކުރަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން ޑިޒައިނެއް ހޮވައިފި އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހޮވުނު ޑިޒައިންގެ ކުރެހުމެއް ވެސް ދައްކާލައިފަ އެވެ. އެ ޑިޒައިން ފަރުމާކޮށްފައި ވަނީ ޓީމް އާކޯސްއިންނެވެ. އެ ޓީމްގައި ހިމެނެނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހިމް އިފާޒެވެ.

ހުޅުމާލޭގައި ރައުންޑްއެބައުޓްސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ފަދަ މޮނިއުމަންޓްތައް ބަހައްޓަން ނިންމައި މޮނިއުމަންޓް ޑިޒައިން ކިރަން އެޗްޑީސީން ހުޅުވައިލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެގޮތުން އެންމެ ރީތި މޮނިއުމަންޓްތައް ޑިޒައިންކޮށްދޭ ފަރާތަކަށް 100،000ރ. ރުފިޔާގެ އިނާމެއް ދޭން އޮތީ ނިންމައިފަ އެވެ. ވެސް ލިބޭނެ އެވެ.

ޑިޒައިންތައް ހުށަހަޅުމުގެ ފުރުސަތު ދިނީ މިދިޔަ މަހުގެ 30 އާ ހަމައަށެވެ.

އެޗްޑީސީން ޕްލޭންކޮށްފައި ވަނީ 11 ރައުންޑް އެބައުޓްސްގައި މޮނިއުމަންޓް ބަހައްޓާށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގެ ހަތަރު ރައުންޑްއެބައުޓްސް އާއި ފޭސް ދޭއްގެ 8 ތަނެކެވެ.