Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު އަވަސްކޮށްފި

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައި އޮތް ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރި އިރު، މިދިޔަ ހަފުތާގައި ކޮމިޓީން އޮތީ އަންނަ މަހުގެ ނިޔަލަށް ކަމާބެހޭ އިދާރާތަކާއި އެހެން ފަރާތްތަކަށް، ބިލާ ގުޅޭ ގޮތުން ސިޓީ ފޮނުވައި އެ ތަންތަނުން ލިބޭ ޖަވާބަކަށް ބެލުމަށް ފަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަން ނިންމައިފަ އެވެ.

ނަމަވެސް މިއަދު ވަނީ އެ ނިންމުން ބަދަލުކުރަން ފާސްކޮށްފަ އެވެ.

އެގޮތުން މިއަދުގެ 241 ކޮމިޓީގެ އިއްތިފާގުން ފާސްވީ މާދަމާއިން ފެށިގެން ވެސް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އެއްކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ޝާޑު) އެވެ.

ބިލުގެ ކޮމިޓީ މަސައްކަތް ނިންމާލުމަށް ފާސްކުރި ފަހު ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަތީ މަޖިލީހަށް ބަލައިތީ ޖޫން 10 ގަ އެވެ.

އެ ބިލުގެ ކޮމިޓީ މަރުހަލާ ފެށީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވިތާ ފަސް މަސް ފަހުންނެވެ.