Last Updated: July 26, 13:47
Sunday, July 26, 2026
ޚަބަރު

އައިޑީ ކާޑުގެ ހިދުމަތް ހުޅުމާލެ އާއި ވިލިމާލެ އަށް

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވިލިމާލެ އާއި ހުޅުމާލޭގައި ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ވަނީ ވިލިމާލެ އީ-ބްލޮކާއި ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގްގެ އިތުރުން ހުޅުމާލެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ޑީއެންއާރް އިން މިހާތަނަށް 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ވަނަ އަހަރު އެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ކާޑު ޕްރިންޓް ކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ތައާރަފުކުރީ މި އަހަރު އެވެ.

އައިޑީ ކާޑު، ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު އަންނަނީ ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގައި ވެސް ދެމުންނެވެ. އަދި މި ހިދުމަތް އަންނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.