Last Updated: July 29, 23:08
Tuesday, July 29, 2025
ޚަބަރު

މާރާމާރީއެއްގައި އަނިޔާވި ބަޔަކަށް ފަރުވާ ދެނީ

ގއ ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި، އަނިޔާވެ، އެ މީހުންނަށް ފަރުވާ ދޭން ފަށައިފި ވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ ރިޕޯޓްކުރީ މައްސަލަ ރޭ 9:37 ހާއިރު ކަމަށާއި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެ ދެ މީހުންނަށް ވެސް ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު، އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ނަމަވެސް މި މާރާމާރީއަާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. އަދި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.