މިސްކިތްތަކަށް ގެއްލުންދޭތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލޭގެ ފުރުގާން މިސްކިތަަށް މިއަދު ގެއްލުންތަކެއް ދިނުމާ ގުޅިގެން މިނިސްޓަރު އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
"މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ." ޝަހީމު ވިދާޅުވި އެވެ.
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވައްކަން ކުރުން ވެސް ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އެގޮތުން މިސްކިތުން ފަންކާ އާއި ބޮތްކާއި ފެންމޯޓަރާއި ކަރަންޓް ނަރު ބުރިކޮށްގެން ނެގުން ފަދަ މައްސަލަތައް އިތުރުވެފައިވެ އެވެ.