Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

އެއިޑްސް ބަލީގެ 26 މީހަކު ރާއްޖޭގައި އެބަތިބި

ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 26 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އޭގެ ތެރެއިން 16 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެއިޑްސް ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެ ބަލީގެ މީހުންގެ ތެރޭގައި ގިނައީ 15-24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ 10 މީހަކު ބައްޔަަށް ފަރުވާ ހޯދަމުން އަންނަ އިރު، 25-34 އަހަރާ ދެމެދުގެ ހަ މީހަކު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

އެއިޑްސް އިން ރައްކާތެރިވުމަށް އެޗްއައިވީ ޖެހިފައި ނުވާ ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމަށާއި، އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަދި ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުމަށް އިރުޝާދު ދީފައިވެ އެވެ. އަދި މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓު ކުރުމަށްފަހު، ޕޮޒިޓި ވާނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަ ކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.