ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އަނެއްކާ ވެސް ސިފައިން އަތުލައިގެންފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ އެ ބޯޓު އަތުލައިގަތީ ކޯސްޓު ގާޑުގެ ސިފައިން ކަމަށާއި ބޯޓު އަތުލައިގަތީ ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއްކަމާއި އޭގައި ތިބީ ކިތައް ފަޅުވެރިން ކަމެއް ހާމައެއް ނުކުރެ އެވެ.
މި މަހު 16 ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު މަސް ބޯޓެއް ސިފައިން އަތުލައިގަތެވެ. އެ ފަހަރު ބޯޓް އަތުލައިގަތީ ޑްރޯންގެ އެހީގަ އެވެ.