Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

ޝެއިހް އިމްރާން ރާއްޖޭން ބޭރަށް ފޮނުވާލަނީ!

ޓެރަރިޒަމް ދައުވާ އުފުލައި ޖަލު ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ބޭސް ފަރުވާއަށް ފޮނުވަން ސަރުކާރުން ނިންމައި އާއިލާއަށް އަންގައިފިއެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމށާތު ލިބިފައިވާ ގޮތުގައި އިމްރާންގެ އާއިލާއަށާއި އަދާލަތު ޕާޓީއަށް ސަރުކާރުން މިއަދު ވަނީ ޝެއިހް އިމްރާން ބޭރަށް ގެންދިއުމަށް އަންގާފައެވެ.

އިމްރާން ފޮނުވުމަށް ކުރިން ސަރުކާރުން ނިންމެވީ ލަންކާއަށެވެ. ނަމަވެސް އިމްރާން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު އިމްރާން ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާއަށެވެ.

އިމްރާން ރާއްޖޭން ބޭރަށް ގެންދިއުމަށް ނިންމާފައިވަނީ ޖަލު ގައިދީއަށް ގޮތަށެވެ. އަދި އެމަނިކުފާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ނިންމާފައިވަނީ އެނބުރި ރާއްޖެ ވަޑައިގަތުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެނައުމަށް ނިންމާފައިވަނީ އިމްރާން އިންޑިއާއަށް ދާން އެއްބަސްވެ، ޕާޓީން ފަށާފައިވާ "އަނިޔާވެރިކަން ނިންމުމަށް" ހަރަކާތް ހުއްޓާލުމުންނެވެ.