Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

މި އަހަރު އަމާޒަކީ 100 މިލިއަންގެ އާމްދަނީއެއް

މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ އާމްދަނީ 100 މިލިނައަށް އެރުވުމަށް އަމާޒު ހިފާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ އެމްޕީއެލްއާ ހަވާލުވެވަޑައިގަތުމާޤ ެކީ އެ ކުންފުނީގެ އާމްދަނި އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ.

ވަޖީހު ވިދާޅުވީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 1،000 ކޮންޓެއިނާ އެމްޕީއެލްގައި ރައްކަކުރެވޭނެ އިންތިޒާމް ހަމަޖެހުނު ކަމަށާއި އެއްހަރުގެ ތެރޭގައި އެމްޕީއެލްގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އިތުރު ވެސް ވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން މަހެއްގެ މައްޗަށް 60-70 މިލިޔަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބުނަސް މި ސަރުކާރުގެ ފުރުތަމަ އަހަރުގެ ތެރޭގައި އެ އަދަދު އިތުރުވެފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އެގޮތުން މިިދިޔަމަހު ކުންފުނީގެ އާމްދަނީ 92 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއަހަރު ނިމޭ އިރު 100 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުމަކީ އަމާޒެއްކަމަށް ވިދާޅުވި އެވެ.

"ހަތްދިހަ މިލިއަން ދަށުގައި ހުރި އާމްދަނީ މި ވަނީ އިތުރުވެފައި. އެމްޕީއެލްގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެ ވަރަށް ރަނގަޅަށް ކުރިއަރައިގެން ދާނެ،" ވަޖީހު ވިދާޅުވި އެވެ. "މިއީ ރައީސްގެ ވެރިކަމުގައި ބެނުންވީ މެރިޓައިމް ދާއިރާ ފުޅާކޮށް ރާއޖޭގެ އިޤްތިޞާދަށް ރަނގަޅު މަންފާއެއް ކުރާނެކަމެއްގެ ގޮތުގައި މެރިޓައިމް ދާއިރާ ހެދުން."

އާމްދަނީ އިތުރުކުރުމަށް އެމްޕީއެލުން ކުރި ކަންކަމުގެ ތެރޭގައި މެރިޓައިމްގެ ދާއިރާއަށް ބަދަލު ގެނައުމުގެ ގޮތުން ބަންކަރިންގެ ޚިދުމަތާއި ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފެށުން ވެސް ހިމެނެ އެވެ. އަދި ފާއިތުވި އަހަރުގެ ތެރޭގައި ލޮޖިސްޓްިކްގެ ޚިދުމަތް ފަށާފައިވާކަމަށާއި ބޮންޑުގެ ޚިދުމަތް ފަށައި 1 އަހަރުދުވަހުގެ ތެރޭ 150 ކޮންޓެއިނަރ ނެރެފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެމްޕީއެލްގެ ޑޮކްޔާޑްގެ އިތުރަށް ބޯޓު ޔާޑުން ވެސް އާމްދަނީ ލިބެމުން އަންނަ ކަމަށާއި އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު އިތުރު މަސައްކަތްތަކެއް ވެސް ކުރެވެމުން އަންނަ ކަމަށެވެ.